June 7, 2010 / 9:36 am

އެހީގެ ބޯޓަށް ޙަމަލާދިން މައްސަލަ ބައިނަލް އަޤްވާމީ ފެންވަރުގައި ތަހްޤިގް ކުރުމަށް އިޒްރޭލުން ދެކޮޅުހަދައިފި

އެހީގެ ބޯޓަށް ޙަމަލާދިން މައްސަލަ ބައިނަލް އަޤްވާމީ ފެންވަރުގައި ތަހްޤިގް ކުރުމަށް އިޒްރޭލުން ދެކޮޅުހަދައިފި

އާފަތިސް

ކޮމެންޓެއް ނެތް

ތުރުކީގެ ވެރިރަށް އަންކާރާގެ މަގުތަކުގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަނީ.


ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ތުރުކީގެ ބޯޓަށް އިޒްރޭލު ސިފައިން އަރައި، އެ ބޯޓު ތެރޭގައި ހަމަލާދީ ނުވަ މީހަކު މަރާލި މައްސަލަ ބައިނަލް އަޤްވާމީ ކޮމިޓީއަކުން ތަހްޤީގު ކުރުމަށް އިޒްރޭލުން ދެކޮޅު ހަދައިފިއެވެ.
ޚަބަރުތައް ބުނާގޮތުގައި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ ބައިނަލް އަޤްވާމީ ކޮމިޓިއަކުން މިކަން ތަހްޤީގްކުރުމަށް ދެކޮޅު ހަދާކަން، އދ.ގެ ސެކެރެޓްރީ ޖެނެރަލް ބަންކީމޫނަށް ދަންނަވާފައެވެ.
ކެބިނެޓްގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނެފައިވަނީ އެހީގެ ބޯޓަށް ޙަމަލާދިން މައްސަލަ ބަލަން ބައިނަލް އަޤްވާމީ ތަހްޤީގީ ކޮމިޓީން ހުށަހަލާފައިވާ ހުށަހެޅުން ޤަބޫލުކުރެވެން ނެތް ކަމުގައެވެ. އަދި މިކަން މިހާރު އދ.ގެ ސެކެރެޓްރީ ޖެނެރަލަށް ދަންނަވާފައި ވާނެ ކަމުގައެވެ. އަދި އެހީގެ ބޮޑުގައި ތިބި ތުރުކީގެ ބަޔަކު އިސްރާއީލް ސިފައިންނަށް އިސްވެ ޙަމަލާދީފައިވާކަމަށްވެސް ނަތަންޔާހޫ ބުނެއެވެ. އެހީގެ ބޯޓުގައި ތިބި ބައެއްމީހުންނަކީ ޙަމާސް ޖަމަޢަތާއި، އަލްޤައިދާއާ ގުޅުންހުރި ބައެއްކަމަށް އިޒްރޭލުގެ ބައެއް ނޫސްތަކުން ތުހުމަތު ކޮށްފައިވެސް ވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެންމެންނަކީ ވެސް ތުރުކީ މީހުންނެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo