July 11, 2010 / 9:30 am

އުރުގުއޭގެ މައްޗަށް ކުރިހޯދައިގެން ޖަރުމަނު ވޯލްޑްކަޕްގެ ތިންވަނައަށް

އުރުގުއޭގެ މައްޗަށް ކުރިހޯދައިގެން ޖަރުމަނު ވޯލްޑްކަޕްގެ ތިންވަނައަށް

އަޙްމަދު ޖަދުޢާން

ކޮމެންޓެއް ނެތް


ފީފާ ވޯލްޑްކަޕް 2010 ގައި ރޭ ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗް 2-3 ގެ ނަތީއަކުން އުރުގުއޭގެ މައްޗަށް ކުރިހޯދައިގެން ޖަރުމަނު ވިލާތް މުބާރާތުގެ ތިންވަނައަށް ހިނގައްޖެއެވެ.

މެޗްގެ ފުރަތަމަ ގޯލްޖެހީ ޖުމުލަކޮށް ބަލާއިރު މުޅިމެޗަގައިވެސް ގިނަވަގުތު ބޯޅަހިފަހައްޓައިގެން ކުޅުނު ޖަރުމަނެވެ. މެޗްގެ 19 ވަނަމިނެޓްގައި ޖަރުމަނުގެ ތޯމަސްމުލާ ވައްދާލި މިގޯލާއެކު އުރުގުއޭގެ ކުޅުންވެސް ކުރިއަށްވުރެ ވަރުގަދަވެގެން ދިޔަތަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 28 ވަނަ މިނެޓްގައި ޖަރުމަނު ކޮޅަށް ގޯލެއްވައްދައި އުރުގުއޭއިން މެޗްގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މިލަނޑު އުރުގުއޭއަށް ޖަހައިދިނީ ކަވާނީ އެވެ.

ރޭގެ މެޗްގެ 51 ވަނަމިނެޓްގައި އުރުގުއޭގެ ފޯލާން ޖެހިގޯލާއެކު ފުރަތަމަފަހަރަށް އުރުގުއޭއަށް މެޗްގެ ލީޑްލިބުނެވެ. އެހެންނަމަވެސް މިލީޑުގެ އުފާ އެޓީމަށް ލިބުނުނީ އެންމެ ހަތަރު މިނެޓެއްހާއިރުއެވެ. މެޗްގެ 56 ވަނަ މިނެޓްގައި ޖަރުމަނުގެ ޔެންސަން ޖެހިލަނޑާއެކު އަނެއްކާވެސް ނަތީޖާ ހަމަހަމަ ވިއެވެ. މެޗްނިމެން އަށެއްކަ މިނެޓަށް ވެފައި ވަނިކޮށް، ޖަރުމަނުގެ ކެދީރާ ޖެހި ލަނޑާއެކު މިފަހަރުގެ ވޯލްޑްކަޕުގެ ތިންވަނަ މަޤާމު ޖަރުމަނަށް ޔަޤީން ވިއެވެ. މެޗްގެ އެންމެ ފްހު ވަގުތުކޮޅުގެ ތެރޭގައި ޖަރުމަނުގެ ޕެނަލްޓީ އޭރިއާގެ ކުޑަތަންކޮޅެއް ބޭރުން އުރުގުއޭއަށް ހިލޭޖެހުމެއްލިބުނެވެ. އެހެންނަމަވެސް ގޯލްގެ މަތީ ދަނޑީގައި ޖެހުނު ބޯޅައާއެކު ރޭގެ މެޗް ނިމުނީ 2-3 އިން ޖަރުމަނު މޮޅުވެގެންނެވެ.

މިމެޗްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖަރުމަނުންވަނީ 18 ޝޮޓް އުރުގުއޭގެ ގޯލަށް ފޮނުވާލާފައެވެ. އުރުގުއޭއަށް ނެގުނީ 16 ޝޮޓެވެ. މުޅި މެޗްގައި 12 ކޯނަރު ޖަރުމަނަށް ލިބުނުއިރު އުރުގުއޭއަށް ލިބުނީ 6 ކޯނަރެވެ. ރޭގެ މެޗްގައި ޖަރުމަނުގެ ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކިއިރު އުރުގުއޭގެ އެއްކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މުޅިމެޗްގެ 52 އިންސައްތަ ކުޅުނީ ޖަރުމަނެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުން ވެސް ޖަރުމަނަށް ލިބުނީ ތިން ވަނަ އެވެ.

މިމުބާރާތުގެ ފައިނަލް މެޗު މިރޭ ސައުތްއެފްރިކާގެ ޖޮހެނެސްބާގުގެ ސޮކާ ސިޓީ ސްޓޭޑިއަމުގައި އޮންނާނެއެވެ. ވާދަކުރާނީ ހޮލެންޑާއި ސްޕެއިނެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo