June 12, 2010 / 1:13 pm

ފީފާ ވޯލްޑްކަޕް 2010 (ގްރޫޕް އޭ): ފްރާންސް – އުރްގުއޭ މެޗްވެސް އެއްވަރު

ފީފާ ވޯލްޑްކަޕް 2010 (ގްރޫޕް އޭ): ފްރާންސް – އުރްގުއޭ މެޗްވެސް އެއްވަރު

އަޙްމަދު ޖަދުޢާން

ކޮމެންޓެއް ނެތް


އިއްޔެ ސަތު އެފްރިކާގައި ފެށުނު ފީފާ ވޯލްޑް ކަޕްގެ، ގްރޫޕް އޭގައި  ފްރާސް އާއި އުރްގުއޭ ބައްދަލުކުރި މެޗްވެސް އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗްގެ ނަތީޖާއަކީ 0 – 0 އެވެ. ސައުތު އެފްރިކާގެ ކޭޕްޓައުންގެ ގްރީން ޕޮއިންޓް ސްޓޭޑިއަމްގައި ރޭ ރާއްޖޭ ގަޑިން 11:30 ގައި ފެށި މެމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ.

މިމެޗްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މުޅިމެޗްގައި ފްރާންސްއިން 18 ޙަމަލާ ގޯލަށް ފޮނުވާލާފައިވާއިރު އުރުގްއިން ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަތް ޙަމަލާއެވެ. ފްރާންސްއަށް ހަތަރު ކޯނަރު ލިބުނުއިރު އުރްގުއޭއަކަށް އެންމެ ކޯނަރެއްވެސް ނުލިބެއެވެ. ރޭގެ މެޗްގައި ދެއްކި ކަޑުތަކަށް ބަލާއިރު މުޅިމެޗގައި ޖުމުލަ ހަ ކާޑު ފެނިގެން ދިޔައެވެ. އެއި ފަސް ރީނދޫކާޑާއި، އެއް ރަތްކާޑެވެ. ފްރާސްން ޓީމުގެ ތިން ކުޅުން ތެރިއަކަށް ރީނދޫކަޑު ދެއްކިއެވެ. އެއި ފްރެންކް ރިބެރީ (ޖ.7) އާއި ކެޕްޓަން ޕެޓްރިކް ވިއޭރާ (ޖ.13 ) އަދި ޖާރމީ ޓޮލާލަން އެވެ. އުރްގުއާއީ ޓީމުން ދެކުޅުންތެރިންނަށް ރީނދޫކާޑު ދައްކާފައި ވެއެވެ. އެއީ ކެޕްޓަން ޑިއޭގޯ ލުއާނޯ (ޖ.2) އާއި ވިކްޓޯރިނޯ(ޖ.6) އެވެ. މީގެ އިތުން އެޓީމުގެ ނިކޮލަސް ލޮޑައިރީ (ޖ.14) އަށްވަނީ ދެފަހަރު ރީނދޫކަޑު ދައްކައި އަދި ދެވަނަކަޑާއެކު ރަތްކަޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ފްރާންސް ގެ މަޝްހޫރު ކުޅުންތެރިއާ ތިއެރީ އޮންރީއާއި، ފްލޮރެންޓް މަލޫދާ ރޭގެ މެޗްގެ ފުރަތަމަ 11 ކުޅުންތެރިންގެ ތެރެއަކު ނުހިމަނައެވެ. އެހެންނަމަވެސް ގާތްގަނޑަކަށް މެޗްގެ ފަހު 10 މިނެޓަށް ވެފައިވަނިކޮށް މިދެކުޅުންތެރިންވަނީ އެރުވާފައެވެ. އޭގެފަހުންވެސް ފްރާންސްއަށްވަނީ އުރްގުއާއީގެ ޑިފެންސް ފުއަޅުވާލެވޭގޮތް ނުވެފައެވެ.

މުޅިމެޗަށް ބަލާއިރު، މެޗްގެ 53 އިންސައްތަ ކުޅެފައިވަނީ ފްރާންސް އެވެ. ގޯލްޖަހާނެ ރަނުގެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފްރާންސަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައެވެ. އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އުރްގުއާއީއަށްވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބި ބޭކާރުވެފައެވެ.

މެޗްގެ ރެފްރީކަން ކޮށްފައިވަނީ ޖަޕާނުގެ ޔުއިޗީ ނިޝިމުރާއެވެ. އޭނާގެ އެސިސްޓެންޓުންނަށްވެސް އުޅުނީ ކޮރެއާއާއި ޖަޕާނުގެ މީހުންނެވެ.

މިގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ މުބާރާތް ބާއްވާ ސައުތު އެފްރިކާއެވެ. މިގްރޫޕުގެ ކުޅުނު ދެމެޗްވެސް ވީއެއްވަރެވެ. ފުރަތަމަ މެޗްގައި ސައުތު އެފްރިކާއާއި، މެކްސިކޯ ބައްދަލުކުރި މެޗް އެއްވަރުވީ 1 – 1 އިންނެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo