June 8, 2010 / 2:53 pm

އަތޮޅު ތަކުގެ، ސްކޫލް ކުދިންގެ އެތުލެޓިކްސް މީޓު ފަށައިފި

އަތޮޅު ތަކުގެ، ސްކޫލް ކުދިންގެ އެތުލެޓިކްސް މީޓު  ފަށައިފި

އަޙްމަދު ޖަދުޢާން

ކޮމެންޓެއް ނެތް


އަތޮޅުތަކުގެ ސްކޫލްތަލުގެ މެދުގައި ބާއްވާ އެތުލެޓިކްސް މީޓު މިއަދު ހެނދުނު ފުވައްމުލައކުގައި ފަށައިފިއެވެ.

މިއީ އަތޮޅުތަކުގެ ޖުމުލަ 19 ސްކޫލަކުން ބައިވެރި ވެފައިވާ މުބާރާތެކެވެ. މިއަދު ހެނދުނު މުބާރާތުގެ ޙަރަކާތްތައް ފެށިނަމަވެސް މުބާރާތް ހުޅުބވުމުގެ ރަސްމިޔާތު އޮންނާނީ މިރޭ  8:30 ގައެވެ. ކުލަގަދަ ޙަރަކާތްތަކަކާއެކު ބޭއްވުމަށް ތައްޔާރުވެފައިވާ މިރަސްމިޔާތު މިރޭ ޓެލެވިޒަން މޯލްޑިވްސް އިން ވަގުތުން ދުރަށް ދައްކާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މުބާރާތުގައި،377  ފިރިހެން އެތުލީޓުން ނާއި 262 އަންހެން އެތުލީޓުންނާއެކު ޖުމުލަ 639 އެތްލީޓުން ބައިވެރި ވެއެވެ.  މުބާރާތުގައި ވާދަކުރާ ސްކޫލް ތަކުގެ ތެރޭގައި 18 އެތްލިޓަކާއެކު ބައިވެރިވާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ، 24 އެތުލީޓުންނާއެކު ބައިވެރިވާ ގއ. ގެމަނަފުށީ ސްކޫލާއި 71 އެތްލީޓުންނާއެކު ބައިވެރިވާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަދި 25 އެތްލީޓުންނާއެކު އަބޫބަކުރު ސްކޫލް ހިމެނެއެވެ.

މީގެ އިތުރުން ގދ. އަތޮޅު މަދަރުސާއިން 31 އެތުލީޓުން، މަޑަވެލީ ސްކޫލުން 21 އެތުލީޓުން، ހޯޑެއްދޫ ސްކޫލުން 15  އެތުލީޓުން، ހުވަދޫ ސްކޫލުން 20 އެތުލީޓުން، މުހިއްބުއްދީން ސްކޫލުން 23 އެތުލީޓުން، ސ. އަތޮޅު ތަޢުލީމީ މަރުކަޒުން 47 އެތުލީޓުން، ސ. އަތޮޅު މަދަރުސާއިން 42 އެތުލީޓުން، ހިތަދޫ ސްކޫލުން 29 އެތުލީޓުން، އިރުޝާދިއްޔާ ސްކޫލުން 27 އެތުލީޓުން، ހުޅުދޫ ސްކޫލުން 41 އެތުލީޓުން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން 62 އެތުލީޓުން، ފުވައްމުލަކު ސްކޫލުން 38 އެތުލީޓުން، މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީނުން 35 އެތުލީޓުން، ހާފިޒު އަޙުމަދު ސްކޫލުން 39 އެތުލީޓުން އަދި ނާއިބު އަބޫބަކުރު ސްކޫލުން 21 އެތުލީޓުންނާއެކު މިސްކޫލްތައް ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގައި ދުވުންތަކުގެ ނިންމާ ޕޮއންޓުގައި ރިބަން ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަނީ ލޭޒާ ބީމް ކަމަށް މަޢުލޫމާތު ލިބެއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo