June 7, 2010 / 5:23 pm

ސައުތު އޭޝިއަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ޓީމް ބްރޮންޖް މެޑަލް ހޯދައިފި

މިމަހު 5 ން 6 އަށް އިންޑިއާ ތެރެހާން ނިއުދިއްލީ ގައި ކުރިޔަށް ދިޔަ ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕް ގައި ރާއްޖެ އިން ބައިވެރިވި ޓީމް، ޓީމް އިވެންޓް އަދި ކެޑޭޓް ޑަބަލްސް އިވެންޓް އިން ބްރޮންޒް މެޓަލް  ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމް ގައި ހިމެނޭ 3 ކުޅުންތެރިން ނަކީ އިސްކަންދަރު ސްކޫލްގެ ދެ ދަރިވަރުން ކަމަށްވާ މުޙައްމަދު ޒީސްތު ނަސީމް، މުހައްމަދު އަހުސަމް އަދި ޖަމާލުއްދީން ސްކޫލްގެ މުޙައްމަދު މައިޒަރު އާދަމް ޒާހިރު އެވެ. އޮފިޝަލް އެއްގެ ގޮތުން ޓީމް އާއި ހަވާލުވެގެން ވަޑައިގަތީ އަހުމަދު ޝާއިލް އެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ތަމްރީން ކޮށްދީފައިވަނީ ގައުމީ ޓީ.ޓީ ކޯޗް ވަޖީރާ ވިކްރަމަ ސިންހް އެވެ.

މި ޓީމް މިރޭ 1:10ގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމް އަށް މަރުހަބާ ދެންނެވުމަށްޓަކައި ޓީ.ޓީ އެސޯސިއޭޝަން އިން ދަނީ  ތައްޔާރީތައް ވަމުންނެވެ. އަދި ރޭ ޓީ.ޓީ އެސޯސިއޭޝަންގެ ރައީސް، ނައިބް ރައީސް އަދި ޖެނެރަލް ސެކެރެޓަރީ ވަނީ ޓީމް މެނޭޖަރާ ގުޅާ ޓީމް އަށް މަރުހަބާ ދަންނަވާފައެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo