ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެކޮޅަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޔާމީން ޢަބްދުލް ޤައްޔޫމް ދިރިއުޅުއްވާ ގ. ދޫވެހީގެ ދޮރާއްޓަށައި ދޮރާށީގެ މަތީގއި ހިޔާކުރަން ހަދާފައިވާ ފުރާޅަށް ވަނީ ކަޅުތެޔޮ ޖަހާފައެވެ. އަދި އެގެކޮޅުގެ ބެލްކަންޏަށާއި ޔާމީންގެ ކާރުކޮޅަށްވެސް ރޭ ދަންވަރުގެ ވަގުތެއްގައި ކޮންބައެއްކަން ނޭނގޭބަޔަކު މީހުންވަނީ ކަޅުތެޔޮ ޖަހާފައެވެ.
މިމައްސަލައިގައި ފުލުހުންގެ ޓީމަކުން ވަނީ މައްސަލަ ބެލުމުގައި ހަރަކާތްތެރި ވެފައިކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް މިމައްސަލައިގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދެއެވެ. ސަރުކާރު ވައްޓާލަން މަސައްކަތްކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ސަރުކާރުން ޔާމީން ހައްޔަރުކުރިފަހުން ޔާމީންގެ ކެކޮޅަށައި، އޭނާއަށް މިފަދަ ޙަމަލާތައް އަމާޒުވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.
ޔާމީންގެ މައްސަލަ ކުރިއަށް ގެންދިޔަ ކޮންމެ ވަގުތަކު އެމައްސަލަ އެވަގުތަކު ހިނގަމުންދިޔަ ޝަރުޢީ ކޯޓެއްގެ ބޭރުގައި ސަރުކާރާއި، ސަރުކާރުހިންގާ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ދިޔައީ ޔާމީންގެ އަބުރުފުޅަށް ހުތުރުވާފަދަ ބޭއަދަބީ ބަސްތަކުން އަޑުއުފުލަމުންނެވެ. އަދި ހެއްކެއްނެތް ބޮޑެތި ތުހުމަތުތައް ކޮށް ޔާމީން މަރާލުމަށްވެސް އެމީހުން ގޮވާފައި ވެއެވެ.
އެންމެފަހުން ސްޕްރީމް ކޯޓުން ޙުކުމް ކޮށްފައިވަނީ ޔާމީން ބަންދުކުރެވޭ ވަރުގެ އެއްވެސް ކުށެއް އޭނާކުރިކަމުގެ ސާބިތު ހެއްކެއް ސަރުކާރަށް ނުވަތަ ފުލުހުންނަށް ދެއްކިފައި ނުވާ ކަމުގައެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.