ސަރުކާރުން ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ޢބްދުލް ޤައްޔޫމް ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މީގެއިރުކޮޅެއްކުރިން ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިސްވަތު ދިންކަމުގެ ތުހުމަތުގައާއި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ސަރުކާރުން ޤާސިމްއާއި ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ޤާސިމް އާއި ޔާމީން ވަނީ 15 ދުވަހަށް ގޭބަންދު ކޮށްފައެވެ.
އިރުކޮޅެއްކުރިން ސްޕްރީމްކޯޓުން ޙުކުމްކުރީ ޖިނާޢީ ކޯޓާއި ހައިކޯޓުން ޤާސިމްއާއި ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެކަށީގެންވާ ހެކި ހުށަހެޅިފައިނުވާތީވެ ވަގުތުން ޤާސިމް އާއި ޔާމީން މިނިވަން ކުރެއްވުމަށެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.