މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.
މިއަދުގެ ޖަލްސާ ހުއްޓާލަންޖެހުނީ ޤާނޫނާ ޚިލާފަށް ޙިމާޔަތަށް ކަމަށް ބުނެ ސަރުކާރުން ހައްޔަރުކުރައްވާފައި ވާ ރައްޔިތުންގެ މަޖިލީހުގެ މުލަކުދައިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މަޖިލީހުގެ ޖަލްސާއަށްވެސް ދޫނުކުރެއްވުމުން އެކަމާ ހިންހަމަ ނުޖެހިގެން އިދިކޮޅު މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައިގެން އަޑުގަދަ ކުރައްވަން ފެށުމުންނެވެ. އެއާއެކު މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ.
“ މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނޭ ކޮމެޓީތަކުގެ ބައްދަލުންތަކަށް ހާޒިރުވުމުގެ ހައްގު އޭނާއަށް ލިބިގެންވެ އެވެ.” ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ވެއެވެ.
މިއަދުގެ ޖަލްސާ ފެށިގެން ގާތްގަނޑަކަށް 10 މިނެޓް ތެރޭގައި ޖަލްސާ ހުއްޓާލީއިރު މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޔާމީން ސިފައިންގެ ބެލުމުގެ ދަށުގައި ވަނީ ކޮން ގާނޫނީ އިމެއްގައިތޯ، އަދި ޔާމީން ހުންނެވީ ބަންދެއްގައިތޯ ސާފު ކުރުމަށް ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށާއި އެމްއެންޑީއެފުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލަށް ސިޓީއެއް ފޮނުއްވާފައިވާ ކަމުގައެވެ. އެހެންނަމަވެސް މިއިން އެއްވެސް ބޭފުޅަކު މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބެއް ދެއްވާފައި ނެތް ކަމުގައި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.