ޖިނާއީ ކޯޓުގެ އިސް ގާޟީ ޢަބްދުﷲ މުޙައްމަދުގެ ގެކޮޅު ކައިރީގައި އެމްޑީޕީގެ ސަޕޯޓަރުން ރޭ ހަމަނުޖެހުން ހިންގައިފިއެވެ.
ދަރުބާރުގޭގެ ބިއްދޮށުގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދެއްކެވި ގިނަމީހުން ވަނީ ޝަރުޢީ ދާއިރާއަށް ވަރަށްބޮޑަށް ފަޑު ކިޔާފައެވެ. މިއެއްވުމުގައި ބައިވެރިވި ސަރުކާރަށް ތަޢީދުކުރާ އަދި އެމްޑީޕީގެ ސަޕޮޓަރުންވަނީ ރައްޔިތުންގެ މަޖިލީހުގެ މުުލަކުދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް އަލުން ހައްޔަރުކުރުމަށް ގޮވާލާފައެވެ. ސަރުކާރެއް ވައްޓާލުމުގެ ތުހުމަތުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތު ކުރައްވައި ސަރުކާރުންވަނީ މީގެ ކުރިން ޔާމީނާއި ޤާސިމް ހައްޔަރު ކުރައްވާފައެވެ. ކޯޓް މަރުޚަލާތަކަކަށްފަހު ސްޕްރީމް ކޯޓުން ޙުކުމް ކުރެއްވީ އެދެބޭފުޅުން ބަންދުކޮށްގެން ގެންގުޅެވޭނެ އެއްވެސް ގޮތެއް ނެތްކަމަށައި އެދެބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. އޭގެފަހުން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެމްބަރުވެސް މިފަދަ ތުހުމަތު ތަކެއްގައި ހައްޔަރު ކުރައްވާފައެވެ.
އަދި އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވީ ބަޔަކު ނުކުމެ ޔާމީންގެ ގެކޮޅަށް ގާއުކާ ހަމަނުޖެހުން އުފެއްދުމަށްފަހު، ސަރުކާރުންވަނީ ޙިމާޔަތް ދިނުމަށްކަމަށް ވިދާޅުވެ ޔާމީން އާރަށުގައި ބަންދުކުރައްވާފަ އެވެ.
ރޭ އޮތް އެމްޑީޕީގެ އެއްވުމުގައި ޖިނާޢީކޯޓުގެ އިސްޤާޟީއަށް ފަޑު ކިޔާފައި ވަނީ ޔާމީނާއި ގާސިމް އަލުން ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރެދެއްވެން ނެތް ކަމަށް ގިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެފައިވާތީ އެވެ. އަދި ރައްޔިތުންގެ ކޯޓުގެ ނަމުގައި އެމްޑީޕީން ހަދައިގެން އުޅޭ ކޯޓަށް ގާޒީ އަބްދުﷲ މުހައްމަދު ހާޒިރުކުރުމަށް ރޭގެ އެއްވުމުގައި ގޮވާފައިވެ އެވެ.
އެއްވުން ނިންމާލުމަށްފަހު އެއްވުގައި ބައިވެރިމީހުން ދިޔައީ ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ގެކޮޅު ކައިރިއަށެވެ. އެތަނުގައި އަޑުގަދަކޮށް ހަޅެއްލެވިއެވެ. އަދި ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރުމަށް ގޮވިއެވެ. އަދި އެސަރަހައްދުގައި ހަމަނުޖެހުން އުފެއްދިއެވެ.
މިމީހުން ކޮންޓްރޯލްކޮށް އެރަޙައްދުން މީހުން ފޮނުވާލުމުގައި ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވިއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.