July 13, 2010 / 5:11 pm

ދައުލަތުގެ މީޑިޔާ ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުންވާކަމަށް އެމްޖޭއޭ އިންބުނެފި

ދައުލަތުގެ މީޑިޔާ ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުންވާކަމަށް އެމްޖޭއޭ އިންބުނެފި

އަޙްމަދު ޖަދުޢާން

ކޮމެންޓެއް ނެތް


ޓީވީއެމާއި، ދިވެހިރާއްޖޭގެ އަޑަކީ ސަރުކާރުން އުފައްދަވާފައިވާ ކުންފުނި، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ މިލްކެއް ކަމަށާއި އަދި އެ ދެ އިދާރާގައި ބޭނުން ކުރާ ފްރެކްއެންސީތަކަކީވެސް މިފަދައިން ހުރި އެއްޗެހި ކަމަށާއި އެއިން އެއްވެސް އެއްޗެއް، ޤާނޫނީގޮތުން އުފެދިފައިވާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.ބީ.ސީ)އަށް ދޫނުކުރައްވާނެކަމަށް ސަރުކަރުން ވިދާޅުވުމަކީ ދައުލަތުގެ މީޑިޔާ ސަރުކާރުން ކޮންޓްރޯލް ކުރަން ބޭނުންވާކަން ދައްކުވައިދޭ ކަމެއް ކަމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ޓީވީމޯލްޑިވްސްއާއި ވޮއިސް އޮފް މޯލްޑިވްސް ގާނޫނުން ބާރުލިބިގެން އެކުލަވާލި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަ (އެމްބިސީ) އާ ހަވާލު ނުކުރާނެކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން އެމްޖޭއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ

ސަރުކާރުން އުފައްދާފައިވާ އެމް.އެން.ބީ.ސީ އަކީ ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެއް ކަމަށްވެފައި ދައުލަތުގެ މީޑިޔާ އެކުންފުނީގެ ދަށުގައި ބޭއްވުމަކީ ދައުލަތުގެ މީޑިޔާއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ، ހުރަސްއެޅުމަށް މަގުފަހިވާ ކަމެއްކަމުގައި އެޖަމްއިއްޔާއިން ދެކޭ ކަމުގައެވެ. އަދި މިއީ މިނިވަން މީޑިޔާއަކަށް ލޯބިކުރާ އެކަކުވެސް ގަބޫލުކުރާނޭ ހަމައަކަށް ނުވާނެ ކަމަށާއި، ވެރިކަން ކުރާ އެމް.ޑީ.ޕީގެ މެނިފެސްޓޯގެ ރޫހާވެސް ޚިލާފުކަމެއްކަމުގައެވެ.

“ފުރިހަމަ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަމުގައިވާ މީޑިޔާ މިނިވަންވެ އޮތުމަކީ ޑިމޮކްރަސީ ދިރި ދެމިއޮތުމަށްވެސް އޮތް މަސްދަރުކަމުގައި ހަނދާންކޮށްދެމެވެ.

ސަރުކާރުގެ އަޑުތަކާއި މަންޒަރުތައް، އަދި ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކުގެ އަޑުތަކާއި މަންޒަރުތައް ރައްޔިތުންނާއި ހަމައަށް މިނިވަންކަމާއި، ހަމަހަމަ ކަމާއި އެކު އެންމެ ފުޅާކޮށް ގެނެސްދެވޭނެ މީޑިޔާއަކީ ދައުލަތުގެ މީޑިޔާ ކަމުގައި ވާއިރު އެމީޑިޔަމް މިނިވަންވެ އޮތުމަކީ ރައްޔިތުންގެ ސަރުކާކެއްގައި ރައްޔިތުންގެ ހިއްސާއަށް އިހުތިރާމް ކުރުން ކަމުގައިވެސް ދެކެވެ.” އެމްޖޭއޭގެ ނޫސްބަޔާނުގައި ވެއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo