July 10, 2010 / 2:33 pm

ކެބިނެޓަށް ރުހުން ހޯދަން އަންނަހަފްތާގައި ފޮނުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ ކުރިން ކުއްލި ގޮތަކަށް ހުވާކުރެއްވި ރައީސްނަޝީދުގެ ކެބިނެޓަށް ރުހުން ހޯއްދެއްވުމަށް އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލިހަށް ނަންތައް ފޮނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހުކުރުދުވަހު ދެއްވި ރޭޑިއީޚިޠާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވިދާޅުވީ، ކުއްލިގޮތަކަށް އިސްތިއުފާދެއްވި ވަޒީރުން އަލުން މަޤާމުތަކަށް ޢައްޔަން ކުރައްވާފައިވާނެ ކަމަށާ، ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އެބޭފުޅުންގެ މައްޗަށް އޮތްތޯ ބެލުން ކަމުގައެވެ. އެހެންކަމުން މަޖިލީހުގެ ރުހުން ހޯދުމަށް، ވަޒީރުންގެ ނަންފުޅުތައް އަންނަ ހަފްތާގެ ތެރޭގައި ފޮނުއްވާނެ ކަމުގައެވެ.

ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅާ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ ކުއްލިގޮތަކަށް އިސްތިއުފާ ދެއްވީ ނިމުނު ޖޫންމަހުގެ 29 ވަނަ ދުވަހު އެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo