ކޮރަޕްޝަނާއި، މާރާމާރީ، އަދި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމްތުގައި ސަރުކާރުން ހައްޔަރުކޮށް ބަންދުކޮށްފައިވާ ރައްޔިތުނޗގެ މަޖިލީހުގެ މެމްބަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ފުވައްމުލަކުގައި ގިނޢަދަދެއްގެ ބަޔަކު އިއްޔެ މުޒާހަރާކޮށްފިއެވެ.
ޑީއާރުޕީން އިންތިޒާމުކޮށްގެން ބޭއްވި މުމުޒާހަރާގައި ގޮވާލާފައިވަނީ ސަރުކާރުން މިހާރު ބަންދުކޮށްގެން އުޅޭ ރައްޔިތުންގެ މަޖިލީހުގެ މ.މުލަކުދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އދ.މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި، މ.ދިއްގަރު ދާއިރާގެ މެމްބަރި އަޙްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށެވެ. އަދި އެމީހުން ބަންދުކޮށްފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމުގައެވެ.
މިމުޒާހަރާގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހްމަދު މަހްލޫފެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރި ކުޑަކުޑަ ކަމަކުން މިސަރުކާރު ބިރުގެންފައިވާކަމަށާއި، އެކަންތައްތަކުން އެނގިގެން ދިޔައީ މިސަރުކާރުގެ އިތުބާރެއްނެތް ކަމާއި ފެއިލް ވެފައިވާ މިންވަރު ކަމުގައެވެ. މަޙްލޫފް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މަޖިލިސްކުރާގޭގެ ބޭރުގައި ކިތައްމެ ހަޅޭކެއް ލެވިއަށް ޖެހިލުންވެވަޑައި ނުގްނަވާކަމުގައެވެ. “ދަނގަޑު ކެޑޭނީ ދަނގަޑުން” ކަމަށާއި އެގޮތުގައި ދެމިހުންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ހުކުރުދުވަހުގެ މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަނީ ފޯނުން ގުޅުއްވައިގެން ބައިވެރިވެފައެވެ. ފޯނާއި އަޑުގަދަކުރާގެ ޒަރިއްޔާއިން މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވާ މިދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި އެބޭފުޅުން ހައްޔަރު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށާއި ސަރުކާރުން ކުރަމުންދާ މިފަދަ ކަންތައްތަކަށް ކުޑަވެސް ފަސްޖެހިލުމެއް ނުވާނެކަމުގައި ވިދާޅުވިއެވެ.
ޑީއާރުޕީއަށް ތާޢީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މްމްބަރުން، ސަރުކާރުން ހައްޔަރުކުރަމުން ދާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން މިރޭ މާލޭގައިވެސް ބޮޑި އެއްވުމެއް ބާއްވާގޮތަށް ޑީއާރުޕީންވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއްގެ އިއްތިފާޤުންނެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.