June 2, 2010 / 5:36 pm

އިންޑިއާގެ ޒުވާން ބަޠަލާ، ޖިޔާ ޚާން

ޖިޔާ ޚާން: އަކީ 1988 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަދުވަހު އިނގިރޭސީ ވިލާތުގައި އުފަންވެފައިވާ އިންޑިއާގެ ފިލްމީ ތަރިއެކެވެ. ނުވަތަ އެކްޓްރެސް އެކެވެ. ޖިޔާ ބޮޑުވީ ލަންޑަނާއި ޗެލްސީގައެވެ. ޖިޔާގެ ބައްޕައަކީ އިންޑިއާއަށް އުފަން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޢަލީ ރިޒްވީ ޚާންއެވެ. މަންމައަކީ އިންޑިއާގެ އާގަރާ، އަދި އުއްތަރަ ޕްރަދޭޝް އަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ 1980 ގެ އަހަރުތަކުގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ބަޠަލާއެއް ކަމަށްވާ ރަބީޢާ އަމީން އެވެ. ރަބިޢާގެ ފިލްމު ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އިންޑިއާގެ ކުރީގެ ޕްރޮޑިއުސަރ ޠާހިރު ހުސައިންގެ ދުލާހ ބިކްތާހޭ މި ފިލްމެވެ.

ޖިޔާގެ ތަޢުލީމީ ޙަޔާތަށް ބަލައިރު އޭނާވަނީ އޭ ލެވެލްއާއި، ފިލްމް ސްޓަޑީސް، އަދި ލިކްޓޭޗަރގެ ރޮނގުން ލަންޑަންގައި ތަޢުލީމް ހާސިލް ކޮށްފައެވެ. އަދި އެމެރިކާގެ ނިއުޔޯކުގެ ލީސްޓްރެސްބާގް އެކަޑަމީ އޮފް ޑްރެމެޓިކް އާޓްސް ގައިވެސް ޖިޔާ ތަޢުލީމް ޙާސިލް ކޮށްފައި ވެއެވެ. އޭނާ ކިޔެވުން ދޫކޮށްލީ ހިންދީ ފިލްމު ކުޅުމުގެ ފުރުސަތު ލިބެންފެށުމުން ކަމަށް ބުނެވެއެވެ.

ޢުމުރުން އެންމެ 16 އަހަރުގައި ޖިޔާ އަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މުކޭޝްބަޓްގެ ތުމްސާ ނެހީ ދޭކާ އިންނެވެ. އެހެންނަމަވެސް އެފިލްމުގައި ޖިޔާ ކުޅެންޖެހުނު ރޯލް ފަހުންވަނީ ކުޅެފައިވަނީ ދިޔާ މިރްޒާ އެވެ.  އެގެ ދެއަހަރުފަހުން 2006 ވަނައަހަރު މަޝްހޫރު ފިލްމީތަރި އަމީތާބު ބައްޗަންއާއެކު “ނިޝާބްޑ” އިން އޭނާއަށް ފުރުސަތު ލިބުނެވެ. މިފިލްމު ރިލީޒް ވެފައިވަނީ 2007 ވަނަ އަހަރުގެ މާޗް މަހުގައެވެ. ޖިޔާގެ ހުނަރުވެރިކަން މިފިލްމުގައި ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

އޭގެފަހުން މިއަހަރު ނިކުތް ހިންދީފިލްމު “ހައުސްފުލް” އިން ޖިޔާ ފާހަގަ ކުރެވިފައި ވެއެވެ. ހައުސްފުލް، އަކީ ބޮލީވުޑްގެ ފިލްމު ޑިރެކްޓަރ ސާޖިދު ޚާން އުފެއްދި ފިލްމެކެވެ. ފިލްމީ ތަރި އަކްޝޭކްމާރު، އަދި ދީޕިކާ، ޕަޑުކޯނޭ ލީޑްރޯލް އަދާކޮށްފައިވާ މިފިލްމުގައި ލާރާދައްތާގެ އިތުރުން ރިތޭޝް، އަދި އަރުޖުން ރާމްޕަލް މުހިންމު ސައިޑްރޯލްތަކެއް އަދާކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ބޮމާން އިރާނީ އާއި ރަންދީރު ކަޕޫރުވެސް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. މީގެއިތުރުން 2006 ވަނައަހަރުގެ ސްރީލަންކާގެ ރީތީގެރާނީ ޖެކްލައިން ފެރެނާންޑެޒް މިފިލްމުގައި ޚާއްސަފެނިލުމަކުން ފެންނެއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo