އޭކްސެކެންޑް… ޖޯ ޒިންދަގީ ބަދަލްދޭ؟
މިއީ މިފެށޭމަހުގައި ނުކުންނަން ހުރި ހިންދީ ފިލްމުތަކުގެ ތެރެއިން، ޕާރތޯގޯޝް ޑައިރެކްޓް ކުރާ ފިލްމެކެވެ. ޖެކީޝްރޮފް ގެއިތުރުން މަނީޝާ ކިއިރަލާ މުހިންމު ރޯލްތަކެއް އަދާކޮށްފައިވާ މިފިލްމް ރިލީޒް ކުރަން ތާވަލް ކޮށްފައިވަނީ މިފެށެ ޖޫންމަހުގެ 11 ވަނަދުވަހުއެވެ.
ރާވަން
މިއީ މަޝްހޫރު ފިލްމީތަރި އަބީޝެކް ބައްޗަން އާއި އޭނާގެ އަންހެނުން އައިޝްވަރިޔާ ރާއީ، ލިޑްރޯލް އަދާކޮށްފައިވާ ފީލްމެކެވެ. މި ދެތަރިންގެ އިތުރުން ވިކްރަމް ކެނެޑީ، ގޯވިންދާ، ރަވީކިޝަން، ޕްރިޔާމަނީ، މިފިލްމުގެ މުހިންމު ރޯލްތަކުން ފެންނާނެއެވެ. މިއީ މަނީ ރަތްނާމް ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މިފިލްމު ރިލީޒް ކުރަން ތާވަލް ކޮށްފައިވަނީ ޖޫންމަހުގެ 18 ވަނަ ދުވަހުއެވެ.
ރާޖްނީތި
މިއީ އިންޑިއާގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ހިންދީ ފިލްމެކެވެ. މިއީ ޕްރަކާޝް ޖާހ ލިޔެ ޕްރޮޑިއުސްކޮށް އުފައްދި ފިލްމެކެވެ. މިފިލްމުގެ އިސްރޯލްތަކުން ފެންނާނެ މުހިންމު ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، ރަންބީރު ކަޕޫރު، އަރްޖުން ރާމްޕަލް އަދި ކެތްރީނާ ކައިފް ހިމެނެއެވެ. މިފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މިފެށޭ ޖޫންމަހުގެ ހަތަރުވަނަދުވަހުއެވެ.







އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ