ޑޮންއަކީ 1978އަވަނަ އަހަރު އިންޑިއާގެ މަޝްހޫރު ފިލްމީތަރި އަމީތާބް ބައްޗަން އިސްރޯލެއް އަދާކޮށްފައިވާ މަޝްހޫރު އެކްޝަން ފިލްމެކެވެ.
ނަރިމަން އިރާނީ ޕްރޮޑިއުސްކޮށް، ޗަންދްރާ ބަރޯތް ޑައިރެކްޓް ކޮށްފައިވާ މިފިލްމުގެ މިއުޒިކް ހަދާފައިވަނީ ކަލިޔާނީޖީ އާނަންދުޖީ އެވެ. މުހިންމު ތަރިންނަކީ އަމީތާބުގެ އިތުރުން ޒީނަތް އަމަން، ޕްރަން، އެވެ. މިއީ ގިނަކާމިޔާބީތަކެއް ހާޞިލް ކޮށްފައިވާ ވަރަށް މަޝްހޫރު ފިލްމެކެވެ.
މިފިލްމުގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ “ޑޮން: ދަކޭޝް ބިގިންސް އެގެއިން”ރިލީޒް ކުރެވުނީ 2006 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަދުވަހު އެވެ. މިއީ މިހާރުގެ މަޝްހޫރު ފިލްމީތަރި، ބޮލީވުޑް ކިންގް، ނުވަތަ ކިންގްޚާންގެ ނަމުން މަޝްހޫރުވެފައިވާ ޝާހްރުކް ޚާން ލިޑްރޯލް ކުޅެފައިވާ ފިލްމެކެވެ.
މިފިލްމުގައި ޝާހްރްކް ކުޅެފައި ވަނީ ކުރީގެ ޑޮންގައި އަމީތާބް ބައްޗަން ކުޅުނު ރޯލެވެ. މިއީ ފަރްހާން އަޚްތަރު ޑައިރެކްޓްކޮށް، ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ޝާކްރްކުގެ އިތުރުން، ޕްރިޔަންކާ ޗޯޕްޅާ އާއި އަރުޖުން ރާމްޕަލް ވަނީ މިފިލްމުގެ މުހިންމު ރޯލްތަކެއް އަދާކޮށްފައެވެ.
ޑޮން: ދަކޭޝް ބިގިންސް އެގެއިން ، މިފިލްވެސް ވެފައިވަނީ ކުރީގެ ޑޮން އެކޭ އެއްފަދައިން ބެލުންތެރިންގެ ވަރަށްބޮޑު މަޤުބޫލް ކަމެއް ހޯދި ފިލްމެއް ކަމުގައެވެ.
އެގޮތުން މިފިލްމު ސިނަމާ ތަކުގައި އެޅުވި ފުރަތަމަ ހަފްތާގެ ތެރޭގައި ހަމައެކަނި އިންޑިއާއިންވެސް، 6.69 މިލިއަން އެމެރިކާޑޮލަރު މިފިލްމަށް ވަނީ ލިބިފައެވެ.
ޑޮން: ދަކޭޝް ބިގިންސް އެގެއިން، ގެ ބޮޑުކާމިޔާބަށްފަހު މިފިލްމުގެ ދެވަނަ ބައެއް ނެރުމަށް މިހާރުވަނީ ތައްޔާރު ވެފައެވެ.
އެގޮތުން މިހާރު އަނެއްކާވެސް ޑޮންގެ ސިލްސިލާއަށް ބޮޅެއް އިތުރުވުމުގެ ވަގުތު މިވަނީ ކުޑަތަން ވެފައެވެ. ޑޮން 2: ދަކޭޝް ކޮންޓިނިއުސް، ގެނަމުގައި ޑޮންގެ ދެވަނަ ބައި އަންނަ އަހަރު ނުކުންނާނެއެވެ. މިފަހަރުގެ ފިލްމުވެސް ޑައިރެކްޓް ކުރާނީ ޑައިރެކްތޓރ ފަރްހާން އަޚްތަރެވެ. މިފިލްމު ޕްރޮޑިއުސް ކުރަނީ ފަރްހާން އަޚްތަރުގެ އިތުރުން ރިތޭޝް ސިދްވާނީ އެވެ.
މިފިލްމުގެވެސް ބަޠަލަކީ ކުރީގެ ފިލްމުގެ ބަޠަލް ޝާހްރުކް ޚާނެވެ. އޭގެ އިތުރުން ޕްރިއަންކާ ޗޯޕްޅާ ވެސް މިފިލްމުން ފެންނާނެއެވެ. އަދި ލާރާ ދައްތާ، އަރުޖުން ރާމްޕަލް، އިޝާކޮއްޕިކަރ، ބޮމާން އިރާނީ، އޯމްޕޫރީ މިފިލްމުގެ މުހިންމު ރޯލްތައް އަދާކުރެއެވެ. މިފިލްމު ރިލީޒް ކުރާނެކަމަށް ބެލެވިފައިވަނީ އަންނަ އަހަރުގެ ޖުލައިމަހުގެ 22 ވަނަދުވަހުއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ