ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑު”ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، ހެންވޭރު މާދިލް މުޙަންމަދު ޢާދިލް ސަލީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ޑިއުޑްރޮޕް އަޙްމަދު މަނިކާއި، ހެންވޭރު ސުނާރު އާމިނަތު ޢަބްދުﷲއާއި، މާފަންނު ބީޗްސްލޯޕް އިސްމާޢީލް އާދަމާއި، އައްޑުއަތޮޅު ހުޅުދޫ ކުއްޅަވައްގޭ މުޙަންމަދު ދީދީއާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އިރުމަތީއާގޭ ސަމީރު އަޙްމަދާއި، މާފަންނު ނެދުންގޭ އަޙްމަދު ލަޠީފެވެ.
ބޯޑުގެ ޗެއަރމަން މުޙައްމަދު ޢާދިލް ސަލީމަކީ ވަރަށްގިނަ ދުވަހު މިފްކޯގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެފަހުން މިފްކޯގައި އަދާކުރެއްވި ވަޒީފާއަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. އޭނާ އެމަގާމުގައި ހޭދަކުރެއްވި ދުވަސްތަކުގައު ކުންފުންޏަށްވަނީ ވަރަށް ރަނގަޅު ބަދަލުތަކެއް ގެންނަވާފައެވެ. އަދި ކުންފުންޏަށް ފައިދާވެސް ހޯއްދަވައިދެއްވާފައެވެ.
މިހާރު ސްޓޭޓު މިނިސްޓަރއޮފް އިކޮނިމިކް ގެ މަގާމް ފުރުއްވާ ޢާދިލް މިކުންފުނީގެ ޗެއަމަނަކަށް ހަމަޖެއްސެވިޔަސް ކުންފުނީގެ މެނޭޖިންޑިރެކްޓަރަކަށް ހަމަޖެއްސެވީ ކޮންބޭފުޅެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ