May 31, 2010 / 11:11 am

މަސައްކަތްތެރިންގެ ޙައްގުތައް ޙިމާޔަތްކޮށް ދެއްވުމަށް މިސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ކޮށްދެއްވާފައެއްނެތް-ޓީމް

މިސަރުކާރުން މިހާތަނަށް އައިއިރު މަސައްކަތްތެރިންގެ ޙައްގުތައް ޙިމާޔަތް ކުރުމަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ޓޫރިޒަމް އެމްޕޮލޯއި އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ޓީމުގެ ރައީސް އަޙުމަދު ޢީސާ ވިދާޅުވީ މިސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވަރަށް އުންމީދު ކުރެއްވި ކަމަށެވެ. ނަމަވެސް އެއުންމީދުތައް އަދި ހަގީގަތަކަށްވެފައި ނުވާކަމަށެވެ. “މިސަރުކާރު އައުމުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރެވުނު. ނަމަވެސް މިސަރުކާރުން މިހާތަނަށް އައިއިރުނެތް އެއްވެސް ކަމެއް ކޮށްދީފައެއް”އަޙުމަދު ޢީސާ ވިދާޅުވިއެވެ.

އޭނާވިދާޅުވީ ރައްޔިތުންގެ މަޖީލީހަށް އޭނާ ކުރިމަތިލެއްވީވެސް މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. މިހާތަނަށް އޭނާވަނީ މަސައްކަތްތެރިންގެ ގާނޫނު ނުވަތަ ވާޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރެއްވުމަށްފަހު މަޖިލީހަށް ފޮނުވާފައެވެ. އެއިސްލާހުތައް މިހާރުވަނީ ކޮމިޓީއަކާ ޙަވާލު ކުރެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ނުނިމޭކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ކޮމިޓީތަކުގައި ތިއްބާވާ ބޭފުޅުން ނުވަތަ މަޖިޅިހުގައި ހިމެނޭ މުއްސަދިން މިފަދަ އިސްލާހުތައް ގަބޫލުނުކޮށް އެބޭފުޅުންނަށް ފައިދާވާ ގޮތަށް ބަދަލުކުރަން މަސައްކަތް ނުކޮށް ވީހާވެސް ރަނގަޅަށް އަދި ވީހާވެސް އަވަހަށް މިކަން ނިންމަވައިދެއްވުމަށް އޭނާ އެދި ވަޑައި ގެންނެވެ.

އަޙުމަދު ވިދާޅުވީ މިސަރުކާރުން މަސައްކަތްތެރުންގެ ހައްގުތައް ހޯދައި ދެއްވުމަށް ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. “އަޅުގަނޑަކަށް ނޭގެ ދިވެހިސަރުކާރުކާރުގެ ލޭބަރ ސިޔާސަތަކީ ކޮބައިކަންވެސް. ފާއިތުވި ބާރަ، ތޭރެ ވަރަކަށް މަސްދުވަސްތެރޭގައި ސަރުކާރަށްނެތް މަސައްކަތްތެރިންގެ ހައްގުތައް ހޯދައި ދެއްވުމަށް އެއްވެސް ކަމެއް ކުރެވިފައެއް” އޭނާ ވިދާޅުވިއެވެ.

Tweet this! Share on Facebook

1 ކޮމެންޓް

  1. Think Think....nd Think

    actually there is a labour law tribunal, but very few companies are following to that.. threfore even if the labour is been miss treated againist to the law it it is a very complicated process . please for god sake look in to deep and save the maldivians from been affected from abusing in the work envirnment… if we do not think and take teh action now then it will be really too late and the whole country will be governed by the foreign people… please help us maldivians from the bullies who are from the local society and from the abroad… and let us be in a safe envirnment

    June 1, 2010 / 15:42:25

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo